Misplaced Pages

Template:FAPath

Article snapshot taken from Wikipedia with creative commons attribution-sharealike license. Give it a read and then ask your questions in the chat. We can research this topic together.

This is an old revision of this page, as edited by Umex umex (talk | contribs) at 12:44, 2 January 2011 (Open Hand NGO). The present address (URL) is a permanent link to this revision, which may differ significantly from the current revision.

Revision as of 12:44, 2 January 2011 by Umex umex (talk | contribs) (Open Hand NGO)(diff) ← Previous revision | Latest revision (diff) | Newer revision → (diff)

މި ޖަމްއިއްޔާ އަކީ 28 ޖުލައި 2008 ގައި ހޯމް އެފެއާޒްގައި ރަޖިސްޓްރީ ކުރެވިގެން ފުޅާ ދާއިރާއެއްގައި މަސްތުވާ ތަކެތިން މުޖުތަމައު ހޭލުންތެރި ކުރުމަތް މަސައްކަތް ކުރަމުން އަންނަ ޖަމްއިއްޔާ އެކެވެ. އޯޕަން ހޭންޑް އާއި ކަލަމްބޯ ޕްލޭން އާއި ދެމެދު ސޮއެ ކުރެވިފައިވާ އެމް އޯ ޔޫ އެއްގެ ދަށުން 16 އޮކްޓޯބަރު 2010 ގައި ވަނީ އައުޓް ރީޗް ޑްރޮޕް އިން ސެންޓަރ އެއް ހުޅުވާފައެވެ. މި ސެންޓަރގެ ނަމަކީ ހޯޕް އޮފް ލައިފް އެވެ. މި ޑްރޮޕް އިން ސެންޓަރ އިން ކުރާނެ މައިގަޑު ކަންތަކަކީ މަސްތުވާ ތަކެތި ބޭނުން ކުރަމުންދާ ކުދިންނާއި އިންޓަވިއު ކޮށް އެކުދިންނަށް ފަރުވާއަށް ދެވޭނެ ގޮތްތައް ހޯދާ ދިނުމާއި ޑިޓޮކްސް ރިހެބިލިޓޭޝަން ތަކުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ފަރުވާ ހޯދައި ދިނުން ހިމެނެއެވެ. އަދި މަސްތުވާ ތަކެތި ބޭނުން ކުރާ ކުދިންގެ އާއިލާ ތަކައް މަސްތުވާ ތަކެއްޗާއި ގުޅޭ ގޮތުން ހޭލުންތެރި ކުރުވުމުގެ ޕޮރްގްރާމް ހިންގުން އަދި ރިކަވަރިން އެޑިކްޓުން ނަށް އެ ކުދިންގެ ރިކަވަރީ މެއިންޓެއިން ކުރެވޭނެ ރަނގަޅު މާހައުލެއް ހޯދާދިނުން. މިގޮތުން އެ ކުދިންނަށް އަމާޒު ކޮއްގެން ތަފާތު ޕޮރުގްރާމްތައް ހިނގުން އަދި ވަން އޮން ވަން ސެޝަން' ގުރޫޕް ސެޝަން' ރިލެޕްސް ޕްރިވެންޝަން' ފެމެލީ ކައުންސިލިން' ޖޭ އެފް ޓީ މީޓީން' އެން އޭ މީޓިން ފަދަ ކަންކަމުގައި ފެސިލިޓީ ހޯދައި ދިނުމާއި ކައުންސިލިން ދިނުން ހިމެނެއެވެ. މީގެ އިތުރުން ރިކަވަރީ މެއިންޓެއިން ކުރާ ކުދިންނަށް ވަޒީފާގެ ފުރުސަތުތަކާއި އެހެނިހެން މަސަތްކަތް ތަކުގެ ހުނަރު ދަސްކޮއް ދިނުން ހިމެނެއެވެ.